މީކާއީލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އެމްޑީޕީގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ވަންނާތީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަންދީ އަކީ އެމްޑީޕީ އޮފީހުގެ މުވައްޒަފެކެވެ. ނަމަވެސް އޭނާގެ ދަރިފުޅު މީކާއީލް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރަން ނިންމުމުން އެމްޑީޕީ އޮފީހުގެ މަސައްކަތްތަކުގައި ބައިވެރިނުވާ ކަމަށާއި ވަޒީފާއަށް ވެސް ނުނިކުންނަކަމަށް މަންދީ ވަނީ ބުނެފައެވެ.
ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާނުކުރާކަމަށް މަންދީ ބުނިނަމަވެސް އޭނާ އެމްޑީޕީ އޮފީސްތެރޭގައި ކޮމްޕިއުޓަރ ސިސްޓަމެއް ބޭނުންކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުކޮށް ވައްޑެ މިއަދު ވިދާޅުވީ "ޕާޓީގެ ވަޒީފާ މަސްއޫލިއްޔަތުތަކުން އެކަހެރިވެ ހުރިކަމަށް ބުނާ، ކެންޑިޑޭޓުގެ މަންމަ މިހިރީ މިއަދުވެސް ޕާޓީ އޮފީހަށް ގޮސް ސިސްޓަމްތަކަށް ވަދެ." ކަމަށެވެ. "އަދިވެސް ޝަޚުޞު އޮޅުވަން ނަފްސު އޮޅުވަން އުޅޭނެ." ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.
އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ މީކާއީލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ވައްޑެއަކީ ނަޝީދަށް ތާއިދުކުރައްވާ ބޭފުޅެކެވެ.
މީކާއީލްގެ މަންމަ އެމްޑީޕީގެ ސިސްޓަމްތަކަށް ވަންނާތީ ވައްޑެގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ