ހޮޅުދޫ މުޒާހަރާ: ފުލުހަކަށް ހަމާލާ ދިން ކަމަށް ބުނެ 2 މީހަކު ހައްޔަރުކޮށްފި

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން އެރަށުގައި ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ފުލުހަކަށް ހަމާދިން މައްސަލައެއްގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުތާ ހަތް މަސްވެފައިވާ އިރު، އަދިވެސް އެ މަރާ ގުޅޭ ހަގީގަތް ނެނގޭތީ ހޮޅުދޫ ރައްޔިތުން ދިޔައީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. ފުލުހުން މިއަދު ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހު އެރަށުގައިކުރި މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފައިވާ ކަމަށެވެ.
އެހެންވެ، އެ ކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށް، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ