ވަޤްފު ފަންޑަށް އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިފި

މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް އެހީދޭން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް އެހީދޭން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ވެވޭ ފަހުމުނާމާގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި އުރީދޫ މޯލްޑިވްސް ޕލކގެ ފަރާތުން ސޮއިކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރ، ޗީޕް އެގްޒެކެޓިވް އޮފިސަރު ޚާލިދު ޙަސަން އަލް-ޙަމާދީއެވެ.
އުރީދޫ މޯލްޑިވްސްއާއެކު މިވެވުނު އެއްބަސްވުމާއެކު، މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް އެހީދޭން ބޭނުންވާ ހުރިހާ ފަރާތްތަކަށް ކިއު.އާރް ކޯޑެއް މެދުވެރިކޮށް އުރީދޫގެ އެމް-ފައިސާ އެޕްލިކޭޝަނުން، މިނިސްޓްރީގެ "މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑު" އަށް ފައިސާ ހަދިޔާކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމު ރަސްމީކޮށް ފެށުމުގެ ގޮތުން، އުރީދޫއިން މިނިސްޓްރީއާއެކު ވަނީ ކ. ހިންމަފުށީ މަސްޖިދު އިނާރާ ގައި މައުލޫމާތު ބޯޑު ހަރުކޮށްދެއްވާފައެވެ.
އުރީދޫ އެމްފައިސާ އެޕްލިކޭޝަނުން މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް ފައިސާ ހަދިޔާކުރާނެ ގޮތް އަންގައިދޭ މަޢުލޫމާތު ބޯޑުތައް މިސްކިތްތަކުގައި ހަރުކުރެވިފައި ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެވެ. މީގެ އިތުރުން މި މަޢުލޫމާތު ތަފާތު އެކި މީޑިއާ ޕްލެޓް ފޯމުތަކުންވެސް ކުރިއަށް އޮތްތަނުގައި ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ