ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފި
އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު %9.6 އިތުރު އަދަދެކެވެ. ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1،202،262 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،097،160 ފަތުރުވެރިންނެވެ.މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ.ފަތުރުވެރިކަމުގެ ގަދަ 10 ގައުމުޗައިނާ - 165،134 ފަތުރުވެރިންރަޝިއާ - 140،298 ފަތުުރުވެރިންއިނގިރޭސިވިލާތް - 115،133 ފަތުުރުވެރިންއިޓަލީ - 89،951 ފަތުުރުވެރިންޖަރުމަނު - 86،927 ފަތުުރުވެރިންއިންޑިއާ - 71،508 ފަތުުރުވެރިންއެމެރިކާ - 37،414 ފަތުުރުވެރިންފްރާންސް - 36،307 ފަތުުރުވެރިންސްވިޓްޒަލޭންޑް - 24،140 ފަތުުރުވެރިންއޮސްޓްރޭލިއާ - 23،198 ފަތުރުވެރިންރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 875،326 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 267،378 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 32،812 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 25،879 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 175 ރިސޯޓާއި 880 ގެސްޓްހައުސް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާ، ޓޫރިސްޓް އެކޮމޮޑޭޝަންގެ ގޮތުގައި ދަނީ ހިންގަމުންނެވެ.މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 64،455 އެވެ.ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.1 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އާ ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ