މީހަކު އަތުން ފޭރުމަށް ފަހު، ފުލުހުންނަށް ވެސް އަނިޔާކުރި 2 މީހަކު ހައްޔަރުކޮށްފި

މާލެ ހެންވޭރު ލޮނުޒިޔާރަތް މަގުގައި ހުރި މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައިގެން އެކައުންޓްގައި ހުރި ފައިސާ ފޭރުމަށް ފަހު، އެ މީހުންނާ ކުރިމަތިލި ފުލުހުންނަށް ވެސް އަނިޔާކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނި ގޮތުގައި، މިއީ ރޭ 12 ޖަހަން އުޅެނިކޮށް ހިނގި ހާދިސާއެކެވެ. އެގޮތުން:
ތޫނު އެއްޗަކުން ބިރު ދައްކައިގެން އެކައުންޓްގައި ހުރި ފައިސާ ޓްރާންސްފާ ކުރުވި
ޓްރާންސްފާކުރުވާފައިވަނީ 200ރ.؛ އެއީ އެކައުންޓްގައި ހުރި ފައިސާ
ތަފްސީލް - ފޭރުނު ކަމަށް ތުހުމަތުކުރާ ދެ މީހުން އެ ސަރަހައްދުގައި ހުރި ގެއެއްގައި ތިބި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެ ގެއަށް ދިޔައިރު އެ މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ފަހުން:
އެ ސަރަހައްދަށް ދިޔަ ފުލުހުންނާ މި މީހުން ކުރިމަތިލައި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި
އެހެންވެ، ފުލުހުން ބާރުގެ ބޭނުންކޮށްގެން އެ ދެ މީހުން ވަނީ ހައްޔަރުކޮށްފައި
މި ކަމުގެ ތެރޭގައި ކުށުގެ ތުހުމަތުވާ ދެ މީހުންނާއި ފުލުސް އޮފިސަރަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައި؛ ތިން މީހުންނަށް ވެސް ލިބުނު އަނިޔާތަކަށް ވަނީ ފަރުވާ ދީފައި
މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ:
ހަސަން ލުޖައިން މުހައްމަދު، 23، ފަރީސާމަންޒިލް/ނ. ވެލިދޫ
މުހައްމަދު ޝަފީއު، 55، ހ. ކަނޑިފުނިގެ
އެ ދެ މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ޖެހި އެވެ. ފުލުހުން ބުނީ ފޭރުމުގެ މައްސަލައިގެ އިތުރުން ފުލުހުންނަށް ހަމަލާ ދީ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ