ފުވައްމުލަކު ފެނުގެ މައްސަލަ އަދިވެސް ހައްލެއް ނުވޭ
އެގާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ފުވައްމުލައް ސިޓީގެ ފެން ސަޕްލައި ނެޓްވޯކް ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ހުއްޓިފައި އޮތް މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން ބުނި ވަގުތުތެރޭގައި މައްސަލަ ހައްލުނުވިކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.13،000އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، މިދިޔަ ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި ފެން މެދުކަނޑާލީ ބޭނުން ކުރެވޭ ވަރަށް ވުރެ ފެން ރައްކާތެރި ނޫން މިންވަރަކަށް ތަގައްޔަރުވެފައިވާތީ އެވެ.އެއާ އެކު ސަރުކާރުން ވަނީ އެ ރަށަށް ކަނޑާއި ވައިގެ މަގުން ފެން ކޭސް ފޮނުވަން ފަށައިފަ އެވެ.ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ހަވީރު ވިދާޅުވީ:ފެން ތަގައްޔަރުވުމާ ގުޅިގެން އެ ހިދުމަތްދޭ ފެނަކައިން، އެމްއެފްޑީއޭ އާއި އެޗްޕީއޭގެ އިރުޝާދާ އެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށްފައިވާ ކަމަށްފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހަ ގަޑިއިރުގެ ތެރޭގައި މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފަށާނެ ކަމަށްސަރުކާރުން ބުނި ހ ގަޑިއިރަށްފަހު ފުވައްމުލަކުން ވާހަކަ ދެއްކި ބައެއް މީހުން މިއަދު ބުނި ގޮތުގައި، އަދިވެސް ގެތަކަށް ސަޕްލައި ފެނެއް ނުލިބެ އެވެ. އެހެންވެ، ހުރިހާ ކަމެއްގައި ވެސް ބަރޯސާ ވާންޖެހިފައި ވަނީ މިނަރަލް ވޯޓާއަށް ކަމަށް ބުންޏެވެ. ކުއްލިއަކަށް މިފަދަ ބޮޑު މައްސަލައެއް ދިމާވެފައިވާއިރު ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމާއި ނުރުހުން ވެސް އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ