ފުރުގާން މިސްކިތަށް އަނެއްކާވެސް ގެއްލުން ދީފި

މާލޭގެ އަމީނީ މަގުގައި ހުންނަ ފުރުގާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފި އެވެ.ފުލުހުން މިއަދު ބުނީ ފުރުގާން މިސްކިތުގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރޭ ދަންވަރު 2:00 ޖެހި ފަހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.އެނގިފައިވާ ގޮތުގައި، ގެއްލުން ދީފައި ވަނީ އެ މިސްކިތުގައި އަންހެނުން ނަމާދުކުރާ ބަޔަށެވެ. އެ ބަޔަށް ވަންނަ ބޭރު ދޮރު ތަޅާލީ ޕޭވްމަންޓް ގަލެއް އެއްލައިގެންނެވެ. ގާބުރިން ޖެހިގެން އެ މިސްކިތުގެ ބައެއް ތަށިމުށިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.އެ މިސްކިތުގެ ފާހާނާތަކުގެ ދޮރުތަކުގެ ތަޅުތައް ވެސް ހަލާކު ކޮށްލާފައިވެ އެވެ.މީގެ ކުރިންވެސް ފުރުގާން މިސްކިތަށް ގެއްލުން ދީފައި ވެއެވެ. މިގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި މިސްކިތަށް ގެއްލުންދީ، އެ މިސްކިތުގެ ތެރޭގައި ހުރި ހަތިމުތައް އުކާލި މައްސަލައިގައި މީހަކު ހައްޔަރު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ