206 މަޝްރޫއުގެ ތެރޭގައި ތުރާކުނު ނެތުމުން ޝަކުވާ ކޮށްފި!

އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި އެވެ.މިފަހުން ބާސެލޯ ނަސަންދުުރާގައި ބޭއްވި ރަސްމިއްޔާތެއްގައި 53 ކުންފުންޏަކާ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހަވާލުކުރި މަޝްރޫއުތަކުގެ އަގު ސަރުކާރުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރަކުން "ހޯރަ" އަށް ކަށަވަރު ކޮށްދިން ގޮތުގައި އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ.ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގުމަށް މިއަދު ހަވާލުކޮށްފައިވަނީ:ތައުލީމީ ދާއިރާގެ 31 މަޝްރޫއުސިއްހީ ދާއިރާގެ 30 މަޝްރޫއުހޯމްލޭންޑް ސެކިއުރިޓީގެ ދާއިރާގެ 39 މަޝްރޫއުތިމާވެށީގެ ދާއިރާގެ 24 މަޝްރޫއުމަސްވެރިކަމުގެ ދާއިރާގެ 2 މަޝްރޫއުކުޅިވަރާ ގުޅުންހުރި 52 މަޝްރޫއުބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާގެ 13 މަޝްރޫއުޒުވާނުންނާ ގުޅޭ 1 މަޝްރޫއުދީނީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއު206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަކީ މަސައްކަތަށް ގާބިލު ކުންފުނިތައް ކަމަށެވެ. ރަށްރަށުގައި ހިންގާ މި މަޝްރޫއުތައް ޑިޒައިންކޮށްފައި ވާނީ ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރިއިރު، ހއ. ތުރާކުނުގެ ތަރައްގީގެ މަޝްރޫއެއް ނެތުމުން އެރަށުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކުރީ ސަރުކާރުން ފެށި ގިނަ މަޝްރޫތައް ވެސް މަޑު ދުވެލީގައި ކުރިއަށްދާ ތުރާކުނު މީހަކު "ހޯރަ" އަށް މިއަދު ބުނީ ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދަން ސަރުކާރުން ކުންފުނިތަކާއި ހަވާލުކުރި ލިސްޓުން ތުރާކުނު "ބާކީ" ވުމަކީ ދެރައެއް ކަމަށާއި މިހާރު ރަށުގައި ހިގާ މަޝްރޫތައް ވެސް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި ކަމަށެވެ. މިސްކިތެއް އަޅަން އެމްޓީސީސީން ހަވާލުވިތާ ވެސް މިހާރު ދެ އަހަރަށް ކައިރިވާއިރު އެ މިސްކިތުގެ މަސައްކަތް ވެސް ދަނީ މަޑު ދުވެލީގައިކަން އޭނާ ފާހަގަކުރި އެވެ.އޭނާ އިތުރަށް ބުނީ މި ސަރުކާރުން ތުރާކުނުގައި ވޯޓާ ބަންކަރިންގެ ހިދުމަތް ފޯރުކޮށް ދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ވީ ހިސާބެއް އިނގޭ މީހަކު މިހާރު ސަރުކާރުތެރެއިން ވެސް ދިމާ ނުވާ ކަމަށެވެ. އަދި ހަމަ އެހެންމެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތުރާކުނުގެ ބިން އިތުރުކޮށް ބޯހިޔާވަހިކަމާއި އިގްތިޞާދީ ކަންކަމަށް އޮތް ދަތިކަން ހައްލުކޮށްދިނުމަށް ފެށި "ބޮޑު މަޝްރޫއެއް"ގެ އަމަލީ މަސައްކަތް ވެސް މިހާރު ވީ ހިސާބެއް ނޭނގޭ ކަމަށެވެ. ތުރާކުނު ބިންހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރީ އެމްޓީސީސީއާ އެވެ.އަދި ތުރާކުނު މަގުތައް 210 ދުވަހުގެ ތެރޭގައި ނިންމާ ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރި ކުންފުނީގެ ހަބަރެއް ވެސް އަދި ނެތް ކަމަށެވެ.މީގެ އިތުރުން އެރަށު ސްކޫލަށް ދިމާވެފައިއޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދެބުރީގެ އިމާރާތަކާއި، ފެނަކަ އޮފީސް އެޅުމުގެ މަސައްކަތްވެސް ދަނީ ފިނިހަކަ ސްޕީޓްގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ