ރައީސް މުހައްމަދު ވަހީދު ހަސަން ފުވައްމުލަކަށް ވަޑައިގެންފި

މުހައްމަދު ފަޒީން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޑޫ ސިޓީއަށާއި ފުވައްމުލަކަށް ކުރައްވާ ދަތުރު ފުޅުގައި މިއަދު ފުވައްމުލަކަށް ވަޑައިގެންފިއެވެ.
އެމަނިކުފާނަށް ފުވައްމުލަކުން ވަރަށްހޫނު މަރުހަބާއެއް ފުވައްމުލަކުގެ ރައްޔިތުންނާއި ރަށުކައުންސިލުން ދަންނަވައިފައިވެއެވެ.
ރައީސް ވަހީދަށް މަރުހަބާ ދަންނަވަން ބަނދަރަށް ވަޑައިގެންނެވި ބޭފުޅުންނާއި ސަލާމް ކުރެއްވުމަށްފަހު ވަޑައިގެންނެވީ ފުވައްމުލަކު ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ވަޑައިގެން ބަލިމީހުންގެ ހާލުބެއްލެވުމަށްފަހު ހެލްތް ކޯޕަރޭޝަންގެ މެމްބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ފުވައްމުލަކު ޑިޓޮކްސް ސެންޓަރ ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގެ އިތުރުން މިރޭ ފުވައްމުލަކުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމަހޫރިއްޔާ މުހައްމަދު ވަހީދު ހަސަން ފުވައްމުލަކަށް ވަޑައިގަތުމުގެ ކުރިން ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން އައްޑޫ ސިޓީގައި ޖަލްސާތައްބާއްވަވައި، އަދި މިމަހުގެ އަށްވަނަ ދުވަހު އެސިޓީގައި ހުޅުޖަހައި ރޯކޮށްލި ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތައް ބައްލަވާ ލައްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ