ބީއެމްއެލްގެ އޭޓީއެމްތަކުން ދެން ފައިސާ ލިބޭނީ ކާޑު ނެގުމުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ތަކުން ފައިސާ ނަގަން މިހާރު ޖެހޭނީ ކާޑު މެޝިނުން ނަގަން ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޭޓީއެމް އަށް ކާޑު ލެއްވުމަށްފަހު ފައިސާ ނަގައި، ކާޑު ނަގަން ކަސްޓަމަރުން ހަނދާން ނެތޭ ކަމަށެވެ. އެހެންވެ، ކާޑު ބޭނުންކުރާ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެމޭޓީއެމްގެ ހިދުމަތަށް މި ބަދަލު ގެނެސްފައިވަނި ކަސްޓަމަރުންގެ ފީޑްބެކަށް ބަލާ، ކާޑު ގެއްލޭ ވަރު މަދު ކުރުމަށް އެޅި މި ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެފައި ވެއެވެ. މި ގެނައި ބަދަލާއި އެކު ދެން އޭޓީއެމް އިން ފައިސާ ނަގަން ޖެހޭނީ ކާޑު ލައްވާ، ޕިން ޖެހުމަށްފަހު ކާޑު މެޝިނުން ނަގާށެވެ.
މީގެ ކުރިންވެސް ބީއެމްއެލް އޭޓީއެމް އިން ފައިސާ ނެގުމަށް ކާޑު މެޝިނަށް ލައްވާ، ޕިން ޖެހުމަށްފަހު ކާޑު ނަގާ ގޮތަށް އޮތެވެ. ނަމަވެސް، ފަހުން ގެނައި ބަދަލާއެކު، ކާޑު މެޝިނުން ފައިސާ ނެގެނީ ކާޑު އޭޓީއެމް އިން ނުނަގަ އެވެ. އަދި ކާޑު ނަގަން ޖެހޭނީ ޓްރާންސެކްޝަން ނިންމުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ