ފިނޮޅެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކު ސަލާމަތް ކޮށްފި

ޅ. ހުރަވަޅި ކައިރީ އޮތް ފިނޮޅެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކު އެމްއެންޑީއެފް އިން ސަލާމަތް ކޮށްފި އެވެ. އެމްއެންޑީއެފް އިން ބުނީ ހުރަވަޅި ކައިރީ އޮތް ފިނޮޅަކަށް ވެލިނަގަން ގޮސްތިބި ތިން ބިދޭސިން ހާލުގައި ޖެހިފައިވަނިކޮށް އެމްއެންޑީއެފް ނަދަން އެރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެމީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އެ މީހުން ހާލުގައި ޖެހިފައިތިބީ މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުންނެވެ. އެމްއެންޑީއެފް އިން ބުނީ އެ މީހުން ފެނުނީ ނައިފަރު ފަޔާ ޓީމުން ހިންނަވަރަށް ދަތުރުކުރަމުންދިޔަ މަގުމަތީ މިއަދު 14:20 ހާއިރު ކަމަށެވެ. މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުް ފެންބޮޑުވުމާއި އުދައެރުން އަދި ކަނދުމަތީގެ ހާދިސާތަައް ދަނީ ހިނގަމުންނެވެ. ހިންނަވަރަށް އުދަ އަރާ ފެންބޮޑުުވެފައިވާއިރު މާލެ ސަރަހައްދުގައި ވެސް ވަނީ ކަނޑު މަތީގެ ދެ ހާދިސާ އެއް ހިނގައިފަ އެވެ. މޫސުން ގޯސްވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވެސް އެމްއެންޑީއެފް އިންވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ