ބޮޑުމުސާރަ ދީފައި އޮންނަ މަޖިލީހަކުން ކަންކަން ނުކުރެވޭނަމަ ރައްޔިތުން ކަންބޮޑުވާނެ: ނަޝީދު

ވަރަށް ބޮޑު މުސާރަ ދީފައި އޮންނަ މަޖިލީހަކުން ބޭނުންވާ ވަރަށް މަސައްކަތް ނުކުރެވެންޏާ އެއީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ މަސައްކަތް ވަރަށް މަދުވެއްޖެ ކަމަށާއި، އެއީ މަޖިލީހަށް ބިލު މިވަގުތު ލިބިފައި ނުވާތީ ކަމަށެވެ. މަޖިލީހަށް ލިބިފައިވާ ބިލްތަކުގެ ސުންގަޑި ކަނޑައެޅި އެމަސައްކަތްތައް ކޮމިޓީތަކުގައި ހިނގަމުންދާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު އެދައުރަކަށް ސަރުކާރުން ފޮނުވާނެ ބިލްތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ ކަމަށާއި މިދައުރުގެވެސް ލިސްޓް ވަނީ މިހާރު މަޖިލީހަށް ލިބިފައިކަން ނަޝީދު ފާހަގަކުރެއްވިއެވެ.
"އެހެންނަމަވެސް ލިސްޓާ ގުޅޭ ބިލެއް އަދި ވަނީ ނުލިބި. މަޖިލީހުގެ އެކި އެކި މެމްބަރުންނާއި ކޮމިޓީތަކުގެ އިސްނެގުމުގެ ދަށުން ބައެއް ބިލްގެ ތަސައްވުރުތައް އެކުލަވާލެވި އަދި ސިޔާސީ ޕާޓީތަކުންވެސް ބިލްތަކުގެ ތަސައްވުރުތައް އެކުލަވާލެވި އެމަސައްކަތްތައް ހިނގަމުން އެބަދޭ. އެހެންނަމަވެސް ގިނަ ބޭނުންވެފައިވާ ބިލަކީ ފައިސާއާވެސް ގުޅޭ ބިލްތަކަށް ވާތީވެ ސަރުކާރުން އެބިލްތައް މަޖިލީހަށް ލިބުމަކީ ބޭނުންތެރި ކަމެއް"
- މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ ބަންޑާރަނައިބާ މ،ަޝްވަރާކޮށް ވީހާވެސް އަވަހަށް މަޖިލީހަށް ބޭނުންވަނީ ކޮންކޮން ބިލެއްތޯ ބަލާ ގެނެވެން ހުރި ބިލްތައް ބައްލަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ