އެޖެންޑާ 19 ގައި ފަޅުރަށްތަކުގެ 40 އިންސައްތަ ލިބޭނީ އަތޮޅު ކައުންސިލަށް: ނަޝީދު

އެޖެންޑާ 19 ގެ ދަށުން އަތޮޅު ތަކުގެ ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީގެ 40 އިންސައްތަ އަތޮޅު ކައުންސިލަށް ލިބިގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަތޮޅުގައި ހުރި ފަޅު ރަށްތައް ކުއްޔަށް ދީގެން ލިބޭ ފައިސާގެ 40 އިންސައްތަ އަތޮޅު ކައުންސިލަށް ދިނުމުން އެފައިސާއިން އަތޮޅުގެ ރަށްރަށް ތަރައްގީ ކުރުމަށް މަޝްރޫޢުތައް ހިންގޭނެ ކަމަށާއި އަދި އެފައިސާ ލިބުނު ނަމަވެސް އޭގެ ބޭރުން ދައުލަތުން މިހާރުވެސް ދެމުންދާ އެހީތައް ލިބޭނެ ކަމަށެވެ.
އަދި ރަސްދޫ ތަރައްގީ ކުރާނީ ކައުންސިލުން ކަމަށާއި ފަޅުރަށްތައް ކުއްޔަށް ދީގެން ލިބޭ ފައިސާއިން ބަނދަރުގައި ބޮޑުހިލަ ޖެހުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ބަނދަރު ހެދުމާއި އަދި ހޮސްޕިޓަލު އެޅުންފަދަ ހަރަދުތައް ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން އެޖެންޑާ 19 ގެ ދަށުން ރަސްދޫގައި ގެސްޓް ހައުސް ވިޔަފާރި ތަރައްގީ ކުރެވޭނެ ކަމަށާއި މިހާރުވެސް ރަސްދޫއަކީ ގެސްޓްހައުސް ވިޔަފާރީގައި ކުރިއަރާފައިވާ ރަށެއް ކަމަށް ވިދާޅުވިއެވެ.
އެގޮތުން ރަސްދޫގައި މިވަގުތު 29 ގެސްޓް ހައުސްހުރި އިރު 400 އަށްވުރެ ގިނަ އެނދު އެބަހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި އެރަށަށް އަންނަ ބޭރުގެ ބައެއް ފަރާތްތައް އެރަށުގައި ޗުއްޓީ ހޭދަކުރަން އައިސް ހަމަސް ދުވަހު މަޑުކުރާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ