އެމްޑީޕީއަށް ވޯޓު ދެއްވި ރައްޔިތުންނަށް ހިތުގެ ހާލިސްކަމާއެކު ޝުކުރު - ނަޝީދު

އިއްޔެ ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހާއްސަ ޝުކުރެއް ރައްދުކުރައްވައިފިއެވެ.
ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއިން ވޯޓު ދެއްވި އެންމެ ރައްޔިތުންނަށާއި، އެމްޑީޕީއަށް މުޅި ރާއްޖެއިން ވޯޓު ދެއްވި އެންމެ ރައްޔިތުންނަށް އެމަނިކުފާނުގެ ހިތުގެ ހާލިސްކަމާއެކު ނުހަނު ޝުކުރު ދަންނަވާ ކަމަށެވެ.
އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ނަތީޖާތަކަށް ބަލާ އިރު، އެމްޑީޕީން ވަނީ ސުޕަ މެޖޯރިޓީ ނަގާފައެވެ. 87 ދާއިރާގެ ތެރެއިން 65 ވަރަކަށް ދާއިރާ އެމްޑީީން ނަގާނެ ކަމަށް ބެލެވޭ އިރު، ނަޝީދުވެސް ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންފައެވެ.
އެމްޑީޕީން ރޭވެސް އުފާފާޅު ކުރުމަށް ހާއްސަ ހަރަކާތެއް ބާއްވާފައިވާ އިރު، އިންތިހާބު ލިބުނު ކާމިޔާބީއާ ގުޅިގެން ނަޝީދު ވިދާޅުވީ، މި ހޮވުނީ ނަޒާހާތްތެރި މަޖިލީހެއް ކަމަށާއި، ވައްކަމާއި ކޮރަޕްޝަނަށް ރާއްޖޭގެ ރައްޔިތުން ނޫނެކޭ ބުނެފި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ