ވަގުތު ޕޯލް: ކުޅުދުއްފުށި ދެކުނު ދާއިރާ - އެންމެ ގިނަ ވޯޓު ހޯއްދެވީ މިނިވަން ކެންޑިޑޭޓް ނަޝީދު ، ވާދަކުރައްވަނީ އެމްޑީޕީ ޖަމްޝީދު

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން "ވަގުތު" އިން ކުރިއަށް ގެންދިޔަ "ރައްޔިތުންގެ އަޑު"، ޚިޔާލު ހޯދުމުގެ ވޯޓުގެ، ކުޅުދުއްފުށި ދެކުނު ދާއިރާގެ ނަތީޖާ ދައްކާގޮތުން، އެ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ، އަމިއްލަ ގޮތުން ވާދަކުރައްވާ، ކެންޑިޑޭޓު ނަމްބަރ 4، މުޙައްމަދު ނަޝީދު އެވެ.
މުޙައްމަދު ނަޝީދު އަށް، 279 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 31.63 އިންސައްތަ ވޯޓެވެ.
މުޙައްމަދު ނަޝީދު އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމް.ޑީ.ޕީ ކެންޑިޑޭޓު، ޖަމްޝީދު މުޙައްމަދު އަށް ލިބިވަޑައިގަތީ 257 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 29.14 އިންސައްތަ ވޯޓެވެ.
މި އިންތިޚާގައި އެ ދާއިރާއަށް 7 ބޭފުޅުން ވާދަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ