18 އަހަރުން މަތީގެ މީހުނަށް މާދަމާ ވެކްސިންދޭން ފަށަނީ

ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިން 18 އަހަރުން މަތީގެ މީހުންނަށް ދޭން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، 18 އަހަރުންމަތީގެ މީހުންނަށް ވެކްސިން ދިނުން ކުރިއަށްދާނީ މާލެ ސިޓީ ސަރަޙައްދުގައި ކަމަށެވެ.
ކޮވިޑްގެ ނުރައްކަލުގައި ގިނަ އަދަދެއްގެ ޒުވާނުން މިބަލީގެ ޝިކާރައަކަށް ވަމުންދާއިރު، ސިއްޙީ ހިދުމަތްދޭ ތަންތަނުގައި މި ބައްޔަށް ފަރުވާދެމުން އަންނަ މީހުނަށްގެ ތެރޭގައި ގިނައީ ޒުވާނުންކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ މާލޭގެ ނިސްބަތުން ވެކްސިންދެވޭ އަދަދަށް ބަލާއިރު، ވެކްސިން ނުޖަހާ މީހުންގެ ތެރެއިން ޒުވާނުންގެ އަދަދު ގިނަ ކަމަށެވެ.
އަދި ވީހާވެސް ގިނަ ބަޔަކު ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ