ކޮވިޑް ޖެހުނު 24،000 މީހުން ފަސޭހަވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 24،065 މީހަކު އެ ބަލީން ފަސޭހަ ވެއްޖެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން އަހަރެއްހާ ދުވަސް ހޭދަކޮށްފަައިވާއިރު 27،000 ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،939 މީހުންނެވެ. މިހާތަނަށް 24،065 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 71 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 62 ދިވެހިންނާއި 8 ބިދޭސީއެކެވެ. އެންމެ ފަހުން މީހަކު މަރުވީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ. މިއީ މި މަހުގެ ހަތަރުވަނަ މަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ