މަހަށް ގޮސް އުޅެނިކޮށް ކަނޑަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަނީ

އދ އަތޮޅުގައި އޮންނަ ވިލަމެންދޫ ރިސޯޓް ކައިރީގައި ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގެ މަސްވެރިއަކު ކަނޑަށް ވެއްޓި ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުން ފަށައިފި އެވެ.
ކަނޑަށް ވެއްޓިގެން ހޯދަމުން ދަނީ ފ ބިލެތްދޫ، އުތުރުގެ، އަހުމަދު ނަސީރް، 56 އެވެ. އޭނާ ކަނޑަށް ވެއްޓިފައިވަނީ "ޓާގެޓް" ނަމަކަށް ކިޔާ ދޯންޏެއްގައި ފާނަ މަސްވެރިކަން ކުރަން ނިކުމެ އުޅެނިކޮށެވެ.
އެމްއެންޑީއެފުން ބުނީ މިއަދު އަހުމަދު ނަސީރް ކަނޑަށް ވެއްތިފައިވާކަން މިއަދު 2:30 ހާއިރު ރިޕޯޓްކޮށްފައިވަނީ ޓާގެޓް ދޯނިން ކަމަށެވެ. އެއާއެކު އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ސަރަހައްދުގައި އެމްއެންޑީއެފް ސީޖީ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަހުމަދު ނަސީރް ކަނޑަށް ވެއްޓުނު އިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓްލޫނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ