ގާނުނުއަސާސީއަށް ރައީސް ޑރ
މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންނެވީ ހެޔޮ ބަދަލެއް ކަމަށް މާފަންނު ހުޅަނގު
ދެކުނު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ބާބު
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި މައިގަނޑު ހަތަރު ބަދަލާއެކީގައި ގާނޫނުއަސާސީގެ ބާރު ގަދަވާނެ ކަމަށެވެ.
މެންބަރު ވިދާޅުވީ ގާނޫނުއަސާސީއަށް
ގެނައި އެއް ބަދަލަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް އެއްވެސް އުނިކަމެއް
އަންނަ ގޮތަށް ބަދަލުގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަޣުލަބިއްޔަތުން
ފާސްވެގެން ކަމަށް ކަނޑައެޅުން ކަމަށެވެ.
މީގެއިތުރުން މެންބަރު
ވިދާޅުވީ، ވެރިކަމާއި ހަވާލުވިއިރު "އިންޑިއާ އައުޓް" ޓީޝާޓް ލައިގެން
ތިއްބެވީ ރާއްޖޭގައި މިލިޓަރީ ސިފައިން ތިބުމުން އެމީހުން ބޭރުކުރުމަށް ކަމަށެވެ.
ހަމަމިއާއެކު ރައީސް ޑރ މުހައްމަދު
މުއިއްޒު ހުވާ ކުރެއްވުމާއެކީގައި އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ،
އިންޑިއާއާ ވާހަކަ ދައްކައިގެން، އެ އޮންނަ އުސޫލުތަކުގެ ތެރެއިން،
ތާރީހުތަކެއް ކަނޑައަޅައި، އޭރުގައި ރާއްޖޭގައި ތިބީ އަސްކަރީ ސިފައިން، މިއަހަރުގެ
މެއި މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރުން ކަމަށެވެ.
ހަމަމިއާއެކު މެންބަރު ވިދާޅުވީ
ޕީއެންސީން ހޮވުނަސް، އެމްޑީޕީން ހޮވުނަސް ނޫނީ އަމިއްލަ ގޮތުން ކުރިމަތިލައިގެން ހޮވުނަސް،
ރައްޔިތުން ހޮވައިދެނީ ވަކި ވިސްނުމެއްގައި ކަމަށާއި އެ ވިސްނުން ދޫކޮށްލާ
ހިސާބުން ފެށިގެން ރައްޔިތުން ދިން ވޯޓާ ޚިލާފުވީ ކަމަށެވެ.
މެންބަރު ވިދާޅުވީ ޕާޓީ
ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނަކީ 19 ވަނަ މަޖިލީހުން ގެނައި ގާނޫނުއް
ނަމަވެސް އެ ގާނޫނަށް އިތުރު ބާރެއްދީ ތަސްދީގުކުރެއްވީ ރައީސް ޑރ މުހައްމަދު
މުއިއްޒު ކަމަށެވެ.
މެންބަރު ވިދާޅުވީ ގާނޫނަށް
ބަދަލު ގެނައި ނަމަވެސް ރައްޔިތުން ހޮވައިދިން ގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު
ގާނޫނުއަސާސީން ލިއްބައިދޭ ކަމަށެވެ.
މެންބަރު ވިދާޅުވީ
ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކަކީ ވަރަށް ހެޔޮ ބަދަލުތަކެއް ކަމަށާއި މި ފަސް
އަހަރު ނިމިގެންދާއިރު ރައްޔިތުން ތިބޭނީ ވަރަށް އުފާ ފާގަތި ކަމާއެކީގައި
ކަމަށެވެ.
ގާނޫނުއަސާސީއަށް ރައީސް ގެންނެވީ ހެޔޮ ބަދަލެއް: މެންބަރު މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ