ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރުން ފަސްކުރާ ބިލު ތަސްދީގުކޮށްފި ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރުން ފަސްކުރާ ބިލު ތަސްދީގުކޮށްފި

ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަން މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
ފިސްކަލް ޒިންމާގެ ގާނޫނަށް ގެންނަން މަޖިލީހުން ފާސްކުރި އިސްލާހުގައި ވަނީ އެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރާއި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދަން ލާޒިމުކޮށްފައި އޮތް މުއްދަތު އިތުރުކުރުމަށެވެ.
މިދިޔަ ޑިސެމްބަރު މަހު ތަސްދީގުކޮށް ޖޫން މަހު އަމަލުކުރަން ފެށި ފިސްކަލް ޒިންމާގެ ގާނޫނުގައި ބުނާ ގޮތުން ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި، އެއާ ގުޅޭ ގަވާއިދުތައް ގެޒެޓުކުރަން ޖެހެ އެވެ. އެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވި ބިލުގައި މި މުއްދަތު 24 މަހަށް ބަދަލުކުރަން ވަނީ ހިމަނައިފަ އެވެ. މި ބަދަލު ގެނައުމުން ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ގެޒެޓުކުރަން ޖެހޭނީ ޑިސެމްބަރު 3، 2026، ގެ ކުރިންނެވެ.
މީގެ އިތުރުން، ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދަން އޮންނަ މުއްދަތު ވެސް ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އޮންނަ ހަ މަސް ދުވަހުން 24 މަސް ދުވަހަށް އިތުރުކުރަން އަލަށް ހުށަހެޅި ބިލުގައި ހިމަނާފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފާސްކޮށް، ޑިސެމްބަރު މަހު ތަސްދީގުކުރި ފިސްކަލް ޒިންމާގެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި މައިގަނޑު ހަތަރު ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެއީ:
މި ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރުމާއެކު މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ