ޓޯ ކޮށްފައި ބައެއް އެއްގަމު އުޅަނދު ނައްތާލައިފި

ޓްރެފިކް ފުލުހުން ޓޯ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން އުސޫލުގެ ތެރެއިން ނައްތާލަން ކަނޑައަޅާފައިވާ އުޅަނދުތައް މިއަދު ނައްތާލައިފި އެވެ.
ފުލުހުން މިއަދު ހެނދުނު ނައްތާލާފައި ވަނީ ގަވާއިދާ ހިލާފުވުމުން ޓޯ ކޮށްގެން ގެންގޮފައިވާ އުޅަނދުތަކުގެ ތެރެއިން ނައްތާލުމަށް ނިންމާފައިވާ އުޅަަނދުތަކެވެ.
މިއަދު ނައްތާލި އެއްގަމު އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 64 ސައިކަލައި ހަތަރު ފުރޮޅުލީ އުޅަނދުގެ 10 އުޅަނދަކެވެ. މީގެ އިތުރުން އަދި މިއަދު ނައްތާލި އުޅަނދުތަކުގެ ތެރޭގައި ފަސް ބައިސްކަލެއް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ