ކޯމާގައި އޮތް ދިވެހި ހަައްޖުވެރިޔާ ނިޔާވެއްޖެ

ސްޓެރޯކެއްޖެހި ހާލު ސީރިއަސްވެ ކޯމާއެއްގައި އޮތް ދިވެހި ހައްޖުވެރިޔާ ނިޔާވެއްޖެއެވެ. ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ 38 އަހަރުގެ ފ. ދަރަނބޫދޫ ސީމާ މޫސާ، އަށް މިހާތަނަށް ފަރުވާ ދެމުންދިޔައީ މިނާ އަލްވާދީ ހޮސްޕިޓަލްގައެވެ. ސީމާއަށް ސްޓްރޯކެއް ޖެހުނީ މިނާގެ ޓެންޓެއްގައި ހުއްޓައެވެެ. ސީމާގެ އާއިލާގެ މީހަކު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސީމާ ނިޔާވިކަން މިރޭ 11:40 ގައި ހައްޖު ކޯޕަރޭޝަންއިން އަންގައިފައިވާ ކަމަށެވެ. ސީމާ ހައްޖަށް ދިޔައީ އޭނާގެ ފިރިމީހާއާއެކުގައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސީމާ ފިޔަވައި ހައްޖަށް ދިޔަ އެހެން އެއްވެސް މީހަކަށް ސިއްހީ މާބޮޑު މައްސަލައެއް ދިމާނުވާ ކަމަށެވެ. ދިވެހި ހައްޖާޖީން އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލެ އަންނަން ދަތުރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ