ނައިބު ރައީސް ފައިސަލް، ލ. އަތޮޅު އެމްޑީޕީ ކެމްޕެއިންގައި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ލ. އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާ މެމްބަރުންގެ ކެމްޕެއިނުގައި ނައިބު ރައީސް ފައިސަލް ނަސީމް ހަރަކާތްތެރިވަމުން އެބަގެންދަވައެވެ.
ނައިބު ރަައީސް ފައިސަލް ވަނީ އެމްޑީޕީގެ ފަރާތުން ގަމު ދާއިރާއަށް ކުރިމަތިލައްވާ މުހައްމަދު ވިސާމާއި ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވާ މޫސާ ސިރާޖުގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
އެގޮތުން ވިސާމާއި ސިރާޖުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ބޭއްވި ސައިކަލު ބުރެއްގައި ނައިބު ރައީސް ފައިސަލް ވަނީ މިއަދު ބައިވެރިވެވަޑައިގެންފައެވެ.
މިއީ ކެމްޕެއިން ހަރަކާތެއްގައި ފައިސަލް ބައިވެރިވެވަޑައިންނެވި ފުރަތަމަ ފަހަރެވެ.
އެމަނިކުފާނު މަގާމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައެވެ. އެމަނިކުފާނު ފޮނަދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓަށް ސަޕޯޓުކުރައްވާ އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ތާއީދު އޮތީ މިހާރުވެސް ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ