މިހާރުގެ ސްކޫލު ފޮތްތަކުގައި ނަފްރަތު އުފައްދާ ވާހަކަތައް ގިނަ: ނަޝީދު

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް މިހާރު ބޭނުން ކުރަމުން އަންނަ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާ ވާހަކަތައް މާގިނަކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ޓެގް ކުރައްވާ ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމުދީނުގެ ނަމުގައި ހިންގަމުންދާ ކަންކަން ބަލައި ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތު އެންމެ މުހިއްމީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށެވެ. Islamdheenuge namugai hingamun midha kankamah balaa,Raajjeyge musthaqbal salaamaiy kurumah mivaguthah enme muhinmu eh kamakee raajjeyge madhrasa thakuge muqarrar islaahu kurun.Mihaaruge dharivarunge foiy thakugai rulhiverikamai nafrath ufahdhaa fadha vaahakathah maagina @aisthly— Mohamed Nasheed (@MohamedNasheed) April 30, 2019 ކުރިން ނަޝީދު ވަނީ ދިވެހިން ސީރިއާއަށް ހަނގުރާމާގައި ބައިވެރިވުމަށް ދާއިރު އެމީހުންނަށް ހަރުކަށި ވިސްނުމުގެ ނަސޭހަތްދީ އެހީތެރިވާ ބަޔަކު ރާއްޖޭގައި ތިބި ކަމަށް ތުހުމަތުކުރައްވާފައެވެ.
އަނބިދަރިން ގޮވައިގެން އާއިލާތަކަށް ނާނގާ އެތައް ބަޔަކު ސީރިއާގެ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް އެގައުމަށް ގޮސްފައިވާއިރު އޭގެ ތެރެއިން ބައެއް އާއިލާތައް އަނބުރާ ރާއްޖެ އައުމަށް ސަރުކާރުގައި ވަނީ އެދިފައެވެ.
އެކަމަކު އެމީހުންގެ ޕާސްޕޯޓު ފަދަ މުހިއްމު ލިޔުންތައް ނެތުމުން އެކަމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ސަރުކާރުން ހާމަކުރާއިރު ސީރިއާއަށް ދިޔަ އާއިލާތައް އަނބުރާ ރާއްޖެ ގެނައުމާމެދު ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލު ތަފާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ