މުސްތަޤުބަލު ސަލާމަތް ކުރަން މުޤައްރަރު އިސްލާޙު ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

އިސްލާމްދީނުގެ ނަމުގައި ހިންގާ ކަންކަންބަލައި، ރާއްޖޭގެ މުސްތަޤުބަލް ސަލާމަތް ކުރަން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހް ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރަސްމީ ޓުވިޓާއެކައުންޓުން ކުރެއްވި މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
ދީނީގޮތުން ހައްދު ފަހަނައަޅައި ދިޔުމާއި ސީރިއާއަށް ދިވެހިން ހަނގުރާމައަށް ދިޔުމާއި ދެކޮޅަށް ރައީސް ނަޝީދު ތަފާތު އެކި ފޯރަމްތަކުގައި އަބަދުވެސް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު އަލީ ޓެގް ކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދާފަދަ ވާހަކަތައް މާގިނަ ކަމަށެވެ.
2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ރާއްޖޭގައި އޭރު ކިޔަވައިދެވެމުން ދިޔަ މުޤައްރަރަށް ބަދަލުތައް ގެންނެވުމަށް މަސައްކަތްޕުޅު ކުރެއްވި ނަމަވެސް އެކަމާއި ގުޅިގެން އާއްމުންގެ ނުރުހުން ވަރަށްބޮޑަށް ކުރިމަތިވެ މުޒާހަރާތަކާއި ހަޅުތާލުތައްވެސް ހިނގިއެވެ.
ރައީސް ނަޝީދުގެ ސަރުކާރު ނިމިގެން ދިޔަފަހުން ރައީސް ވަހީދާއި ރައީސް ޔާމީނުގެ ދައުރުގައި ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ފެއްޓެވިއެވެ. މިގޮތުން ޤައުމީ މަންހަޖާއި އައު މުޤައްރުތައް ތަޢާރަފްކޮށް ކީ ސްޓޭޖްތަކަމަށް ބަހާލައިގެން ކިޔަވައިދޭން ފެށިއެވެ. އެގޮތުން ކަރިކިއުލަމަށް ގެނެވުނު ބަދަލުތައް ސާނަވީ އާއި މަތީ ސާނަވީގައި އަދި ތަންފީޒުކުރަންވެސް ނުފެށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ