އިންޑިއާއިން ދޭ ވެކްސިނަކީ ކޮވިޑުން އަރައިގަތުމުގެ ފެށުން: ރައީސް ނަޝީދު

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ގޮތުން 100،000 ވެކްސިން މިއަދި ރާއްޖެއަށް ލިބޭނެ ކަމަށެވެ.އިންޑިއާގެ މި އެހީތެރިކަމަކީ މި ބަލިމަޑުކަމުން އަރައިގަތުމުގެ ފެށުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.އަދި މީގެ ކުރިން ދިވެހިންނަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި ވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިފައިވާ ކަމަށާއި، އެންމެ ފުރަތަމަ ރާއްޖެއަށް އެހީވާ އަދި ބަރޯސާވެވޭ ޤައުމަކަށް އިންޑިއާ ވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ."ރާއްޖެއަށް މިއީ މި ނުރައްކާތެރި ވައިރަހުން ސަލާމަތްވުމުގެ ފެށުން،" ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ ފަހަރެއްގައި ވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ، އެންމެ ބޮޑަށް ބަރޯސާވެވޭ އެކުވެރިޔަކީ އިންޑިއާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވިއިރި، އިންޑިއާއިން ރާއްޖެއަށް ހަދިޔާ ވެކްސިން މިއަދު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ޚަބަރުތައް ބުނާގޮތުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ އޮކްސްފޯޑުން އުފައްދާފައިވާ ވެކްސިނެވެ. އަދި ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެ ގެންނާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.އިންޑިއާއިން ވަނީ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ އޮކްސްފޯޑް- އަސްޓްރާޒެނެކާ ވެކްސިން އާއި އިންޑިއާ އަމިއްލަ އަށް އުފައްދާފައިވާ ބާރަތު ވެކްސިން ކުއްލި ހާލަތްތަކުގައި އާންމުންގެ ގަޔަށް ޖެހުމުގެ ހުއްދަ ދީފައެވެ.ރާއްޖެ އަށް ގެންނަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ވެކްސިން އެވެ. އެ ވެކްސިން ގެނައުމަށް މާލިއްޔަތު ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރުންވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.ވެކްސިން ޖެހަން ފެށުމަށް މިހާރު އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޓްރެއިނިން ދިނުމުގެ މަސައްކަތް ރާއްޖޭގައި ފަށާފައި ވާއިރު، ވެކްސިން ދޭން ފެށޭނެ ސީދާ ތާރީހެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މިދިޔަ އަހަރުގެ ފަހު ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ