ރައީސް ޔާމީން މިނިވަންނުކޮށް ޤައުމު ސަލާމަތްކުރަން އުދަގޫވާނެ: މޮސްޓާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންނުކޮށް ޤައުމު ސަލާމަތްކުރަން އުދަގޫވާނެ ކަމުގައި ރައްޔިތުން މަޖިލިހުގެ ނޮޅިވަރަމް ދާއިރާ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1 އަހަރުވީ ދުވަސް ފާއިތުވުމާ ގުޅިގެން އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ. މޮސްޓާއަކީ މަޖިލިހަށް އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި މެންބަރެއް ކަމުގައިވީ ނަމަވެސް މި ސަރުކާރުން އޭނާގެ ފަރާތްޕުޅުން ބޮޑެތި ފާޑުވިދާޅުވުން އަބަދުވެސް އަމާޒުވެއެވެ. ގައުމު މިނިވަން އަދި ފުދުންތެރި ގައުމަކަށް ހަދަން ބޭނުން ނަމަ ރައްޔިތުން ނުކުމެ ނުހައްގުން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް ރައީސް ޔާމީން މިނިވަންކޮށް އަނބުރައި ވެރިކަމަށް ގެނައުމަށް ގޮވާލަން.... ނޫނީ މިގައުމު ސަލާމަތްކުރުމަށް އުނދަގޫ ވާނެ މިސްރާބްއަކަށް މިދަނީ— Mohamed Nasheed Abdulla (@MNA_MosTaaA) November 28, 2020މޮސްޓާ އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ދިވެހި ޤައުމަކީ މިނިވަންކަމާއި ސިޔާދަތު ލިބިފައިވާ ފުދުންތެރި ހަރުދަނާ އިޤުތިޞާދެއް އޮތް ޤައުމަކަށް ހަދަން ބޭނުންވާނަމަ، ނުޙައްޤުން ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކޮށް އަނބުރައި ވެރިކަމަށް ގެނައުމަށް ގޮވާލައްވާ ކަމުގައެވެ. އަދި އޭގެ އިތުރަށް މޮސްޓާ ވިދާޅުވީ ޤައުމުގެ ކަންކަން މިހާރު ދާ މިސްރާބަކީ މި ނޫން ގޮތަކުން ޤައުމު ސަލާމަތްކުރަން އުދަގޫވާނެ މިސްރާބެއް ކަމުގައެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1 އަހަރު ފާއިތުވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުންވަނީ އިއްޔެ މުޅި ރާއްޖޭގައި އިހުތިޖާޖުކޮށް މުޒާހަރާ ބާއްވާފައެވެ. މާލެ ސަރަހައްދުގައި ގިނަ ބަޔަކާއެކު އިދިކޮޅު އިއްތިހާދުވަނީ ކަނޑު މައްޗަށް ނުކުމެ މުޒާހަރާކޮށް ރައީސް ޔާމީން މިނިވަންކުރަން ގޮވާލާފައެވެ. 
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ