އަދާލަތު ޕާޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސްކަމުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީން ބުނީ އެ ދުވަހު އޮންނަ ރިޔާސީ އިންތިހާބަކީ އެ ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބު ކަމަށާއި އެއިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00 އަށް އިތުރުކޮށްފައިވާ ކަމަށެވެއަދާލަތު ޕާޓީގެ އެންމެ އިސް މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު / އަސާސީ ގަވައިދު ބަދަލުކޮށް، އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ.އަދާލަތުގެ އިންތިހާބު ބާއްވަން ތައްޔާރުވެފައިވާއިރު، ޕާޓީގެ ރަައީސްގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިހާރު ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޕާޓީގެ މަގާމުގައި ދެމި ތިއްބެވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ އުފެދުމުގައި ވެސް ބާތިލު ކަންކަން ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެޕާޓީގެ އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.އަދި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އެވެ. ނައިބު ރައީސަކީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.ޕާޓީގެ ރައީސްކަމުގެ މަގާމަށް ޝައިޚް އިމްރާން އެންމެ ފުރަތަމަ އިންތިހާބު ކުރެވުނީ 2011 ވަނަ އަހަރުއެވެ.އަދާލަތު ޕަޓީގެ ގަވާއިދު އޮންނަގޮތުން، ރައީސާއި ނައިބު ރައީސްއަށް ކުރިމަތިލައްވަން ޖެހޭނީ އެކުއެކީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ