ރައީސް ޔާމީން ޖަލަށްލީ ދުވަހު ރޮވުނު: ރައީސް ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ ދުވަހު ރޮވުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީ ދެރައިން ރޮވުނު ކަމަށާއި އަދި އެއީ އެދޭ ގޮތެއްވެސް ނޫން ކަމަށެވެ.
ރައީސް ޔާމީން ހައްޔަރުކުރީ ޔާމީންގެ ދައުރުގައި އެމަނިކުފާނު ހައްޔަރުކުރުމުން ކަމަށް ރާއްޖޭގެ ނޫސްވެރިން ލިޔުމުން އެކަމާ ލަދުގަންނަ ކަމަށާއި ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށްލާފައިވަނީ އެމަނިކުފާނާއި ކުޑަކޮށް ވެސް ގުޅުމެއް އޮވެގެން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
" އާސްކް ސްޕީކާ" ޕްރޮގްރާމުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ވެރިން ހައްޔަރުކުރާ ސަގާފަތް ދޫކޮށްލުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގެންނި ވާހަކަ ކަމަށާއި ރައީސް ޔާމީން އެގޮތަށް ކަންތައް ކުރެއްވިނަމަ މިއަދު ހަގީގަތް އޮތީހީ ވަރަށް ތަފާތުކޮށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީންއާއި ސިޔާސީ ޕާޓީެއްގެގޮތުގަ އެމްޑީޕީން ދައްކަން ހުރި ވާހަކަތައް ގިނަ ކަމަށާއި ރައީސް ޔާމީން ޖަލުގައި ހުންނަވަންޖެހުމަކީ އެކަމާ އުފާފާޅުކޮށް ހަވާއަރުވަމުން ދުވާވަރު ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ފެންނަން މިހާރު ފަށައިފި ކަމަށާއި ރައީސް ޔާމިނަށް ދައުލަތުން އިއްވާފައިވާ ހުކުމް އެޕީލް ކުރުމުގެ ހުރިހާ ފުރުސަތުތަކެއް ލިބޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ