ގުޅިގެން ކޯލިޝަން އަށް ވަޑައިގެންނެވީ އިޙްސާންތެރި އިޚްލާސްތެރި ބޭފުޅުން: ޔާމީން

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމްއާ ކޯލިޝަން ހެއްދެވި ފަރާތްތަކަކީ އިޙްސާންތެރި އިޚްލާސްތެރި ބޭފުޅުންކަމާއި، އެއީ އެއްވެސް މާއްދީ އެދުމެއް ނެތި ވަޑައިގެންނެވި ބޭފުޅުންތަކެއްކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.ދެވަނަ ބުރުގައި ޔާމީނަށް ތާއީދުކުރައްވަން ނިންމެވި ބޭފުޅުންނާއެކު ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނަށް ތާއީދު ކުރައްވަން ނިންމެވި ފަރާތްތަކަކީ ދިވެހި ގައުމު ހިމާޔަތް ކުރައްވަން ތާއިދު ކުރެއްވި ބޭފުޅުން ކަމަށެވެ.“ވަރަށް އިހްސާންތެރިކަމާއެކީ ވަރަށް އިހްލާސްތެރިކަމާއެކީ، މި ޕާޓީތައް ވަޑައިގެން ދިވެހި ގައުމު ހިމާޔަތް ކުރަން، ﷲގެ ދީން ރައްކާތެރިކުރުމަށް ޓަކައި ދިވެހި ރާއްޖެ އިސްލާމީ ހިދާޔަތުގެ މަތީގައި ތިބުމަށްޓަކާ މިބޭފުޅުން އަޅުގަނޑުމެންނާ ގުޅިވަޑައިގަތީ. އެއްވެސް ކަހަލަ މާއްދީ އެދުމަށް މި ބޭފުޅުން ނެތި. ސަރުކާރުން ހިންގުމުގެ ތެރެއިން އެއްވެސް ހިއްސާއަކަށް މި ބޭފުޅުން ނާއައްސަވާ،” ޔާމީން ވިދާޅުވިއެވެ.އެހެންނަމަވެސް، ޔާމީނަށް އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ، އެއެންމެ ބޭފުޅުންނާއެކު ސަރުކާރު ޙިއްސާކުރައްވާނެކަމަށް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ