ކްރިކެޓް ތައްޓާ އެކު އުފާކުރުމުގެ ބޮޑު ޕާޓީއަކަށް ލަންކާ ތައްޔާރުވަނީ
ކޮލަމްބޯ (އެޕްރީލް 8) - ވޭތުވެދިޔަ 18 އަހަރު ދުވަހުތެރޭ ލަންކާ އަށް ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކްރިކެޓް ތައްޓާ އެކު އުފާފާޅު ކުރުމުގެ ބޮޑު ހަފުލާއަކަށް ގައުމު ތައްޔާރުވެއްޖެ އެވެ. މިއީ ލަންކާ ހަނގުރާމައިގެ ނިމުން ފާހަގަ ކުރުމަށް އެ ގައުމުގައި ބޭއްވި އުފާފާޅު ކުރުމުގެ ހަފުތާކަށް ފަހު ބާއްވާ އެންމެ ބޮޑު އުފަލުގެ ޕާޓީތަކެވެ. ސަރުކާރުން ބުނެފައި ވަނީ ކްރިކެޓް ޓީމު ޑާކާ އިން އައުމާ އެކު ތައްޓާ އެކު ކޮލަމްބޯގެ މަގުތަކުގައި ޕެރޭޑެއް ބާއްވާނެ ކަމަށެވެ. ލަންކާގެ ނޫސްތަކުން ބުނެފައި ވަނީ އިންޑިއާ އަތުން މޮޅުވެ އާދިއްތަ ދުވަހުގެ ރޭ ލަންކާ އިން ޓްވެންޓީ 20 ކްރިކެޓް ވޯލްޑް ކަޕް ހޯދުމަކީ ލަންކާގެ ރަން ޖީލު ކުޅުން ހުއްޓާލާ އިރު ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. ކުރީގެ ކެޕްޓަން މަހެލާ ޖަޔަވަރްދަނާ އާއި ކުމާރަ ސަންގަކަރާ ވަނީ ޓީ02 އިން ރިޓަޔާ ކުރަން ނިންމައިފަ އެވެ. ފައިނަލް މެޗު ބެލުމަށް ލަންކާގެ ސަޕޯޓަރުން ޑާކާ އަށް ދިއުމަށް ލަންކާ ސަރުކާރުން ވަނީ ޗާޓަރު ދެ ފްލައިޓް ބާއްވައިފަ އެވެ. އަދި މެޗު ނިމުމާ އެކު ރައީސް މަހިންދަ ރާޖަޕަކްސާ ވަނީ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ޓީމާ ރާޖަޕަކްސާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އިންޑިއާ އަތުން މޮޅުވެ ޓީ 20 ތަށި ލަންކާ ހޯދުމާ އެކު އާދިއްތަ ދުވަހުގެ ރޭ ވެސް ލަންކާގައި ވަނީ އުފާފާޅުކުރުމުގެ ހަރަކާތްތައް ބާއްވައިފަ އެވެ. ބަޑިބޭހުގެ ކުޅިވަރުތައް ބޭއްވި އިރު ގައުމީ ދިދައާ އެކު ސައިކަލް ބުރުތައް ވެސް ވަނީ ބާއްވައިފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ