ރައީސް ނަޝީދަކީ ރާއްޖޭގެ ޑިމޮކްރަސީ ހަލާކުކޮށްލި ބޭފުޅާ: ރައީސް ޑރ. ވަހީދު

ޑިމޮކްރަސީގެ ބައްޕައަކީ ރައީސް ނަޝީދު ނޫން ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ ޑިމޮކްރަސީ ހަލާކުކޮށްލި ބޭފުޅާކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ވަހީދު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ ހިތަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެވުނު ޑިމޮކްރަސީ ހަލާކުވުން ފިޔަވައި އެހެން ކަމެއްނުވާކަމަށެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން، ވަހީދު ވިދާޅުވިގޮތުގައި ޑިމޮކްރަސީގެންނަން މަސައްކަތްކުރެއްވީ ހަމައެކަނި ނަޝީދެއް ނޫންނެވެ. ނަޝީދުގެ ތިން އަހަރުވި ވެރިކަމުގައި ޑިމޮކްރަސީ ހަލާކުވުމުގެ އިތުރުން ރޭގަނޑު ނިދާފައި ތިއްބާ ވަގަށް ނަގައިގެން ގެންދާނެކަމުގެ ބިރު އުފެދިއްޖެކަމަށެވެ.
މި މަހުގެ އަށް ވަނަ ދުވަހު އައްޑު އަތޮޅުގެ ބައެއް ތަންތާނގައި ހުޅުޖަހައި ރޯކުރި މީހުންނާމެދު ފިޔަވަޅު ނޭޅުމަށް އެމްޑީޕީން އެދެމުންދިޔަ ނަމަވެސް އެކަން އެހެންނުކުރެވޭނެކަމަށާއި ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް މަސައްކަތް ކުރައްވާނެކަމަށް ވަހީދު ވިދާޅުވިއެވެ. އަށް ވަނަ ދުވަހުގެ އެ ހާދިސާގެ ވާހަކަ ދެއްކެވިއިރު،  އެ ދުވަހުގެ އެހާދިސާ ހިންގުމުގެ ކުރިން މާލޭގައި މާލޭގައި މުޒާހަރާކުރި މީހުންނަށް ސިފައިންނާއި ފުލުހުން ކުރި އަނިޔާގެ ވާހަކައެއް އަދި އެ އަމަލު ހިންގި މީހުންގެ މައްސަލަ އިންސާފުގެކުރިމައްޗަށް ގެންދާނެތޯ ނުވަތަ ނޫންތޯ ވެސް ރައީސް ވަހީދު ވިދާޅުވެފައެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ