ބުރުމާ ވަގަށް ނަގާ މީހަކު ހައްޔަރުކޮށްފި

ބުރުމާ ވަގަށް ނަގަމުން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ބުރުމާ ވަގަށް ނަގާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ ޒުވާނެއް ކަމަށެވެ.
މި މަހާއި މިދިޔަ މަހުގެ އެކި ދުވަސްމަތިން ރ.ދުވާފަރުން ބުރުމާތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ އާންމު ފަރާތަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ހުށައެޅިތާ ހަ ގަޑިއިރު ތެރޭ ބުރުމާތައް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މިހާ ވަގަށް ނަގާފައިވަނީ ކިތައް ބުރުމާކަމެއް އަދި އެތަކެތި ވަގަށް ނަގާފައިވަނީ ކޮންތަނަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ