ދެން ފައިސާ ނެގޭނީ ކާޑު ނެގުމުން: ބީއެމްއެލް

ހަނދާން ނެތިގެން އޭޓީއެމް މެޝިން ތެރޭގައި ކާޑު ބާއްވާފައި ދެވޭ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ކާޑު ނެގުމުން ނޫނީ އޭޓީއެމުން ފައިސާ ނުނެގޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަދައިފި އެވެ.
މިހާތަނަށް އޭޓީއެމް މެޝިންތަކުން ކާޑު ނެގޭ ގޮތް ހަދާފައި ވަނީ މުޅި ޓްރާންސެކްޝަން ނިމުމުންނެވެ. ނަމަވެސް ބީއެމްއެލް އިން ބުނީ މި ގޮތަށް ޕްރޮގްރާމް ކުރުމުން ހަނދާން ނެތިގެން މެޝިން ތެރޭގައި ކާޑް ބާއްވާފައި ދެވޭ މައްސަލަ ހައްލުވާނެ ކަމަށެވެ. މިއަދުން ފެށިގެން ކާޑު އޭޓީއެމް މެޝިންގެ ތެރެއިން ނެގުމުން ނޫނީ ފައިސާއެއް ނުނެގޭނެ އެވެ.
ހަނދާން ނެތިގެން ކާޑު ބާއްވާފައި ދެވުމުން ގިނަ ފަހަރު ކާޑު ލިބުނު ކަމުގައި ވިޔަސް ކާޑުގައިވާ މައުލޫމާތު ބޭނުން ކޮށްގެން އޮންލައިން ޓްރާންސެކްޝަންތައް ހަދާ ކަމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ