"މީސްމީޑިއާގައި ދައުރުވަމުންދާ ލަފުޒުތަކަކީ ދިވެހިބަހުގެ އެކަޑަމީން ފާސްކޮށްފައިވާ ލަފުޒުތަކެއްނޫން"

އައިސީޓީ ދާއިރާގެ ދިވެހި ލަފުުޒުތަކެއް ކަމަށް މީސްމީޑިއާގެ އެކި މައްސަތަކުގައި މިހާރު ދައުރުވަމުން ދާ ލަފުޒުތަކަކީ ދިވެހިބަހުގެ އެެކެޑަމީން ފާސްކޮށްފައިވާ ލަފުޒުތަކެއް ނޫންކަމަށް އެ އެކަޑަމީންބުނެފިއެވެ.
ދިވެހި ބަހުގެ އެކަޑަމީން ކޮށްފައިވާ ޓުވީޓެއްގައި މިކަން ހާމަކޮށްފައިވާ އިރު އައިސީޓީ ދާއިރާގައި ބޭނުން ކުރާ ލަޒުފުތަކެއް ކަމެއް ބުނެ ލަފުޒުތަކެއް އަންނަނީ މީސްމީޑިއަގައި ދަރުއުރުވަމުންނެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މި ލަފުޒުތަކަކީ ދިވެހި ބަހުގެ އެކަޑަމީއާ ގުޅުން ހުރި ލަފުޒުތަކެއް ވެސް ނޫންކަމަށް އެ އެކަޑަމީން ބުނެފައިވެއެވެ.
މި މައްސަލާގައި ދިވެހިބަސްކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ވަނީ މިއީ ދިވެހި ބަހުގެ "އިތްފަތްތެރިކަން ލޫޓުވުން" ގޮތުގައި ސިފަކޮށްފައެވެ.
"ދިވެހިބަހުގެ "އިތްފަތްތެރިކަން ލޫޓުވުން" އާންމުވެއްޖެއެވެ. މިއީ ވަރަށް ދެރަ ހިތާމަހުރި ކަމެކެވެ. މަޖާކަމަކަށް ހަދައިގެން ތިޔަ ކުރެވެނީ އަމިއްލަ ބަހަށް މަލާމާތާއި ފުރައްސާރައެވެ. މިފަދަ ނާތަހުޒީބު ކަންކަމުން ރައްކާތެރިވުމަށް އިލްތިމާސްކުރަމެ" ދިވެހި ބަހުގެ ހައްޤުގެ ނަމުގައި ހިންގަމުން އަންނަ ޓުވިޓާއިން ބުނެފައިވެއެވެ.
Computer : ކަންބޫތަރު
Hard disk : ރައްކައު ފޮށި
Mouse : އަތު ކޮއްޕި
Pen drive : ރައްކައު ދޯރި
Server : މައި ބަންކަރު
Server room : ބަންކަރު ކޮޓަރި
Troubleshooting : ދަންތުރަ އިސްލާހު
Network: ކަންބުޅި
Network cable: ކަންބުޅި ނަރު
Computer repair desk: ކަންބޫތަރު ފަޅާ މޭޒު
އަދި އެއީ މި އެކެޑަމީއާ ގުޅުން ހުރި ލަފުޒުތަކެއް ވެސް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ