ކޮވިޑު-19 އާއި ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކުގެ ތެރެއިން 2357 ފަރާތަކަށް ސަރުކަރުން އިންކަމް ސަޕޯޓު އެލޮވެންސްގެ ގޮތުގައި ފައިސާ ދީފިއެވެ."ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ 11 ޖޫންގެ ނިޔަލަށް ފައިސާ ދީފައިވާ ފަރާތްތަކުގެ ޖުމްލަ އަދަދެވެ. މިއީ ކޮވިޑު-19 އާއި ގުޅިގެން ވަޒީފާ ގެއްލޭ ދިވެހިންނަށް ހާއްސަކޮށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމެ ގެ ދަށުން ގިނަ ވެގެން ކޮންމެ މީހަކަށް ދެނީ 5000 ރުފިޔާއެވެ. މި ޕްރޮގްރާމަށް ޝަރުތު ހަމަވަނީ 4 ފަރާތެކެވެ. އެއީ ކޮވިޑު-19 އާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި، ވަޒީފާއިން ވަކި ނުކުރި ނަމަވެސް މުސާރަ ނުލިބޭ ގޮތަށް ގެއަށް ފޮނުވާލާފައި ތިބި މީހުންނާއި، މުސާރަ ކުޑަ ކުރެވިފައިވާ މީހުންނާއި އަމިއްލަ މަސައްކަތްކޮށްގެން އުޅޭ މީހުންނެވެ.2357 މީހަކަށް މި އެލޮވެންސް ދީފައިވާއިރު ކޮވިޑު-19 އާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި މުސާރައިން އުނިވެފައިވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރައެވެ. މިގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިންވެސް 20،000 ދިވެހިންގެ ވަޒީފާއަށް ސީދާ އަސަރުކޮށްފައިވާއިރު ޖޫން މަހުގެ ނިޔަލަށް އޭގެ ތެރެއިން ގިނަ މީހުންގެ ވަޒީފާ ދާއިމަށް ގެއްލޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހެދި ދިރާސާއަކުން ދައްކައެވެ.ކޮވިޑު-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާއިރު 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިޤްތިސާދު ވަނީ ދަށަށް ދާން ފަށާފައިކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ވޯލްޑް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 5 އަހަރުވެސް ދައުލަތުގެ އާމްދަނީ އެންމެ ކުޑަކޮށް އިތުރުވެފައިވަނީ 2019 ވަނަ އަހަރުގައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މިހާތަނަށް ސަރުކާރުން ފައިސާ ދިނީ ވަޒީފާ ގެއްލުނު 2357 ފަރާތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ