ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓްރީވާން އެދެފި

އައްޑޫގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓްރީކުރުމަށް ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުން ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ފަރާތްތައް އައްޑޫގެ އަވަށްތަކުގައި ގާއިމްކުރެވިފައިވާ ސޯޝަލް ސަޕޯޓް ޑެސްކް (އެސް.އެސް.ޑީ) ތަކުގައި މި މަހުގެ 25 ވަނަ ދުވަހުގެ 20:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް ވަނީ އެދިފައެވެ.
އައްޑޫއަށް ބަންގްލަދޭޝް ރައްޔިތުން ގެނެސްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ވެސް އެއަވަށެއްގެ އެސް.އެސް.ޑީ ތަކުގައި ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓަރީ ކުރެވިދާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން، އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ލިޔެކިޔުން ފުރިހަމަނުވާ ފަރާތްތަކަށް ވެސް ރަޖިސްޓަރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ