މިހާރުން މިހާރަށް ނިކުމެ ވެރިކަން ވައްޓާނުލައިފިނަމަ ރައްޔިތުން ބަނޑަށް ޖެހޭނެ: މޮސްޓާ

މިހާރުން މިހާރަށް ނިކުމެ ވެރިކަން ވައްޓާ ނުލައިފިނަމަ ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.މާދަމާ ރޭ 8 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި މޮސްޓާ ވިދާޅުވީ ރައްޔިތުން މިހާރުން މިހާރަށް ނިކުމެ މި ވެރިކަން ވައްޓާ ނުލައިފިނަމަ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށެވެ. އަދި ވިޔަފާރިތަކަށް ސަރުކާރުން ކަމެއް ކޮށްނުދޭ ހާލު، ވިޔަފާރިތައް ފުނޑުން ހުއްޓާލުމަށް މޮސްޓާ ގޮވާލެއްވިއެވެ. "ވިޔަފާރިތަކަށް ސަރުކާރުން ކަމެއް ކޮށްނުދޭ ހާލު ވިޔަފާރިތައް ފުންޑުން ހުއްޓާލާ. ނޫނީ ރައްޔިތުން ނިކުންނާނެ" މޮސްޓާ ވިދާޅުވެފައިވެއެވެ.ވެހިކަލް ދުއްވޭ ގަޑިއަށް ގެނައި ބަދަލާއި އެކު ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ