4000 ޑޮލަރުގެ ރަނުން ހަދާފައިވާ މާސްކެއް!

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ބޭނުން ކުރުމަށް ރަނުން ހަދާފައިވާ މާސްކަކަށް އިންޑިއާގެ ރައްޔިތެއް 4000 ޑޮލަރު ޚަރަދު ކޮށްފިއެވެ.
ރަނުން ހަދާފައިވާ މި މާސްކުގައި 60 ގްރާމް ހުރިއިރު، މި މާސްކު ހަދާފައިވަނީ 8 ދުވަސް ތެރޭގައެވެ.
ޕޫނޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ޝަންކަރު ކުރްހާދޭ ގެ އެދުމުގެ މަތިން އުފެއްދި މި މާސްކުގައި ނޭވާލުމަށް ކުދި ލޯވަޅުތަކެއް ހުންނަ ކަމަށް އޭނާ ބުންޏެވެ.
މިއީ ކޮވިޑުން ރައްކާތެރިވުމަށް ބޭނުން ކުރެވޭނެ އެންމެ ރަނގަޅު މާސްކަށް ނުވި ނަމަވެސް، ރައްކާތެރިވުމުގެ ގޮތުން ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށް އޭނާ ބުންޏެވެ.
ޝަންކަރު އަކީ ބޭރަށް ނުކުންނައިރު، ރަނުގެ ގަހަނާ ބޭނުން ކުރާ މީހެކެވެ. އެގޮތުން ކޮންމެ ފަހަރަކު 1 ކިލޯ ގްރާމްގެ ގަހަނާ އަޅާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ