ސަރުކާރުގެ ހޮސްޕިޓާތަކުގައި މަސައްކަތް ކުރާ 28 ނަރުހަކަށް މުސާރަ ނުލިބޭތާ 2 މަސް!

އަތޮޅުތަކުގައި ސަރުކާރުން ހިންގާ އެކިއެކި ހޮސްޕިޓާތަކާއި ހެލްތު ސެންޓަރު ތަކުގައި މަސައްކަތް ކުރާ 28 ނަރުހަކަށް ފާއިތުވި 2 މަހުގެ މުސާރަ ނުލިބެތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުންފާޅުކޮށްފައެވެ. އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި އަތޮޅުތަކުގެ އެކިއެކި ތަންތަނަށް ގެނައި 28 ނަރުހުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުން ޤާއިމްކޮށްފައިވާ ކޮވިޑު-19 މެނޭޖްމެންޓު ފެސިލިޓީތަކުގައި ކަމަށެވެ. އަދި ސިސްޓަމްގެ ތެރެއިން ހަމަޖައްސަން ޖެހޭ ކަންތައްތަކެއް ހަމަނުޖެހިގެން ޖޫން އަދި ޖުލައި މަހުގެ މުސާރަ އެ ނަރުހުންނަށް ނުލިބޭކަމަށްވެއެވެ. "މިނިސްޓްރީން ބުނީ އެ މީހުންގެ މުސާރަ އެބަ ހުއްޓޭ ބޭންކްގައި، ސިސްޓަމްގެ ތެރެއިން ވާ ލަހެކޭ އުޅެނީ. ކޮންމެ ސަބަބަކާ ހެދި ނަމަވެސް އުޖޫރަ އެގޮތަށް ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެމްއެޗްޕީޔޫގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ ނަރުހުން މަސައްކަތް ކުރަމުން އަންނަނީ ވިލިވަރުގައި ހުންނަ ފެސިލިޓީއަކާއި ހުޅުމާލޭގައި ހުންނަ ފެސިލިޓީއެކެވެ. ބިދޭސީން މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަ މިހާރު ވަނީ ރާއްޖޭގައި ބޮޑު މައްސަލައަކަށް ވެފައެވެ. ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާވެސް، އޭނާގެ ކުންފުނީގައި މަސައްކަތްކުރާ އެތައް ސަތޭކަ ބަޔަކަށް މުސާރަ ނުދޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.ސަރުކާރުން މި 28 ނަރުހުންނަށް މުސާރަ ނުދޭއިރު، ކޮވިޑު-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފްރޮންޓްލައިން މަސައްކަތްތެރިންނަށްވެސް ދޭންޖެހޭ އެލޮވެންސް ނުލިބޭކަން ފާހަގަކުރެވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ