1 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނީ މޫދުގައި މަރުނުވެ އޮއްވާ!

މިއަދު ހެނދުނު ތ.މަޑިފުށީގައި 1 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ބަންޑުން އޮއްވާ ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ މޫދުގައި އެކުއްޖާ އޮއްވާ ނެގީ އެކުއްޖާގެ ކާފަ ކަމަށާއި އެކުއްޖާ މޫދުން ނެގުމަށްފަހު ހަޅޭއްލަވަން ފެށުމުން އެސަރަހައްދަށް ފުލުހެއް ގޮސް ފަރުވާދީ ލޮނު ބޭރު ކުރި ކަމަށެވެ.
"ލާންސް ކޯޕްރަލް ފަޒީލް އެ ތަނަށް ގޮސް، ކުއްޖާ އަށް އަވަސް ފަރުވާ ދީ، ލޮނު ބޭރުކުރުމަށް ފަހު ހެލްތު ސެންޓަރަށް ގެންގޮސްފައިވޭ،" ފުލުސް އޮފީހުން ބުނި އެވެ.
އަދި މިހާރު އެކުއްޖާއަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާއިރު އެކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އިތުރު ފަރުވާއަށް މިހާރު ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތްކުރާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ