ކޮކާކޯލާ ލޯންގް ރަން އަންނަ އެޕްރީލް މަހު

ކޮކާކޯލާ ލޯންގް ރަން މި އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.
ކޮކާކޯލާ އިން މި ކަން ހާމަކޮށްފައިވަނީ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މި އަހަރު ބާއްވާ ހުރިހާ ދުވުމެއްގެ ޓައިޓަލް ސްޕޮންސަރަކަށް ކޮކާ ކޯލާ ކުންފުނި ހަމަޖައްސައި އެއްބަސްވުމުގައި ސޮއެ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޓީއެފްޖީ އިން މި އަހަރު ކުރި އަށް ގެންދާ ތަފާތު ހަ ދުވުމެއްގެ ވެސް މެއިން ސްޕޮންސަރަކީ ކޮކާ ކޯލާ އެވެ. މި އަހަރުގެ ދުވުންތަކުގައި 7000 މީހުން ބައިވެރި ވާނެ ކަމަށް ޓީއެފްޖީ އިން ބުނެ އެވެ.
ޓީއެފްޖީ އިން މިއަދު ވަނީ މި އަހަރު ބާއްވާ ދުވުންތަކުގެ ސްޕޮންސަރުންނާއެކު ސޮއިކޮށްފަ އެވެ.
ޓީއެފްޖީން ބާއްވަން ނިންމާފައިވާ ހަ ދުވުމުގެ ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއެ ކުރުމަށް ބެއްތވި ރަސްމިއްޔާތުގެ ތެރެއިން--
އަވަސް ފޮޓޯ: އާއިމް
ޓީއެފްޖީ ދުވުންތަކާއި ސްޕޮންސަރުން
ލޯންގް ރަން 2020- ޓައިޓްލް ސްޕޮންސާ: ކޮކާކޯލާބޮޑުހާފް 2020- ޓައިޓްލް ސްޕޮންސާ: ބެގާ (ހެޕީ މާކެޓް)ރަން އިން ލާމް 2021- ޓައިޓްލް ސްޕޮންސާ: ފްރިސްޗިލީ (ފިނޯ ޕްރައިވެޓް ލިިމިޓެޑް)ރަން އިން ރަން- ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ޓީއެފްޖީން އިން ބާއްވާ ލޯންގް ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ ދިގު އެއް ދުވުމެވެ. މި ހުރިހާ ދުވުމުގެ އެސޯސިއޭޓެޑް ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ސޮނީ ސްޕޯޓްސް އަދި ސީގަލްގެ އިތުރުން ޕްރިންޓް ލެބް އެވެ.
މި އަހަރު ޓީއެފްޖީ އިން ބާއްވާ ލޯންގް ރަންއަކީ މިގޮތުން ބާއްވާ 27 ވަނަ ދުވުމެވެ. މި ދުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތް ތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީ ވުމަށް ޓީއެފްޖީން ވަނީ އެދިފަ އެވެ. އަދި މީގެ އިތުރުން ވެސް އަންނަ މަހުގެ 13 ވަނަ ދުވަހު ކެއާ ސޮސައިޓީ އާއި ގުޅިގެން އަންހެނުންނަށް ހާއްސަކޮށްގެން "ރަން އިން ރަން" ގެ ނަމުގައި ވެސް ދުވުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ