ފޭރެން އުޅުނު މީހަކު ހައްޔަރު ކޮށްފި

ފޭރެން އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ މިއަދު 11:31 އެހާކަންހާއިރު ކަމަށެވެ.
އަދި އެއީ ދިވެއްސެއް ކަމަށާއި، މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، ބިދޭސީއެއް ހުއްޓުވައި އޭނާގެ އަތުން އޭނާ ފޭރެން އުޅެނިކޮށް ފުލުހުންނަށް ފެނުނީ، ފަރީދީ މަގުން ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް ބިދޭސީ މީހާގެ އަތުން ފޭރެން އުޅުނީ ކޯއްޗެއްކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ ފޭރެން އުޅެނިކޮށް ހައްޔަރު ކުރީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ބިދޭސީއެއްގެ ވޮލެޓް ފޭރިގެން މައްސަލައިގައި މިދިޔަ ބުދަ ދުވަހުގެރޭ ވެސް ދެ ދިވެހިން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ ބިދޭސީއެއްގެ ވޮލެޓް ފޭރިގެން ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކުރީ ގަލޮޅު ދަނޑު ކައިރިން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރީ 29 އަހަރާއި 30 އަހަރުގެ މީހެއް ކަމަށާއި، ވޮލެޓް ފޭރިގެންފައި ވަނީ މަޖީދީމަގު އޮޑިއޯން ކައިރީ ބިދޭސީ މީހާ ހުއްޓައި، ސައިކަލުގައި މި ދެމީހުން ދަމުން ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ