ނިޔާވި މީހުންގެ އާއިލާއަށް އައްޑޫ ރައްޔިތުން ތައުޒިޔާ ފޮނުވައިފި

ހދ. ނޮޅިވަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި 5 މީހުން މަރުވި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އައްޑޫ ރައްޔިންގެ ނަމުގައި އައްޑޫ ސިޓީ ކައުންސިލުން ތައުޒިޔާ ދަންނަވައިފިއެވެ.
މިއަދު ހދ. ނޮޅިވަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކާއި އިތުރު މީހެކެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ތައުޒިޔާގެ ބަޔާނުގައި ބުނެފައިވަނީ ހދ. ނޮޅިވަރުން ފުރައިގެން ހަނިމާދޫ އަށް ދަތުރުކުރި ލޯންޗް ބަންޑުންޖަހާލި ހާދިސާގައި މަރުވި 5 ރައްޔިތުންގެ އާއިލާތަލަށް އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ރައްޔިތުން އަދި މޭޔަރ އަބްދުﷲ ސޯދިގް ގެ ނަމުގައި ތައުޒިޔާ ދަންނަވާކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރު ހުސެއިން އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކަ އާއި އެދެމަފިރިންގެ ދަރިފުޅު ގުރެއިޝާ އިތުރުން ގުރެއިޝާގެ ދަރިފުޅެވެ. އަދި މީގެ އިތުރުން، މި ހާދިސާގައި އިތުރު އަންހެނަކުވެސް ވަނީ ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ