ޑަބަންގް ތިނެއްގެ ޓްރެއިލާ މިމަހު 23 ގައި ރިލީސްކުރަނީ

ގިނަ ދުވަސްތަކެއްގެ އިންތިޒާރަށް ފަހު ޑަބަންގް ފިލްމަށް އިންތިޒާރު ކުރާ މީހުނަށް މިއޮތީ އުފާވެރި ހަބަރެކެވެ.
ޑަބަންގްގެ ތިން ވަނަ ފިލްމު މީގެ ދެމަސް ފަހުން (ޑިސެމްބަރު 20ގައި) ރިލީސް ކުރާއިރު ފިލްމުގެ ޓްރެއިލާ މިމަހު 23ގައި ރިލީސް ކުރާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ޓްރެއިލާ ރިލީސްކުރަނީ މުމްބާއީގައެވެ. އެ ހާއްސަ އިވެންޓްގައި ސުޕާ ސްޓާ ސަލްމާން ޚާން ހުންނާނީވެސް ފިލްމުގައި އޭނާގެ ކެރެކްޓަރު ކަމަށްވާ ޗުލްބުލް ޕާންޑޭ ގޮތަށް ހެދުން އަޅައިގެން ކަމަށްވެއެވެ. ސަލްމާން އާއެކު ހަފްލާގައި ފިލްމުގެ ބަތަލާ ސޮނާކްޝީ ސިންހާ އާއި ޕްރޮޑިއުސަރު އަރްބާޒް ޚާން ގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު ޕްރަބޫދޭވާވެސް ބައިވެރިވާނެކަމަށްވެއެވެ.
މުމްބާއީގެ އިތުރުން ހަމަ އެވަގުތު އިތުރު ނުވަ ސިޓީއެއްގައި ޓްރެއިލާ ރިލީސް ކުރާނެ ކަމަށްވެއެވެ. އެއީ ޗެންނާއި، ބެންގަލޫރު، ހައިދަރްއާބާދް، ދެއްލީ، ޖެއިޕޫރު، ކޮލްކަތާ، އަހްމަދްއާބާދް، އިންދޯރު އަދި ލަކްނައުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ