އެމްޑީޕީ ނޫން ބަޔަކަށް ލާމަރުކަޒީ ތަރައްގީގެ ވިސްނުމެއް ނޭނގޭނެ، ބަޖެޓު ތަންފީޒުކުރެވޭނީ ވެސް އެމްޑީޕީއަށް: ނަޝީދު

ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުން އެމްޑީޕީ ނޫން ބަޔަކަށް ނޭނގޭނެ ކަމަށާއި އެ ނިޒާމުގެ ދަށުން ތައްޔާރުކޮށް ދޫކޮށް މިލެވޭ ބޮޑު ބަޖެޓު ވެސް އެންމެ ރަނގަޅަށް ތަންފީޒުކުރަން އެނގޭނީ އެމްޑީޕީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަފދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި އިއްޔެ ފެށި، "ވިޔަވަތި ރާއްޖެ" މަހާސިންތާގެ މިއަދުގެ ދެވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ވިސްނުމާއި އެނިޒާމުގެ ދަށުން ކަންކަން ކުރާންވީ ގޮތާއި އެ ނިޒާމުގެ ދަށުން ބޮޑު ބަޖެޓެއް ލިބިގެން މިދާ ގޮތް އެނގޭނީ ވެސް އެމްޑީޕީއަށް ކަމަށާއި އެކަން ކުރާ ބަޔަކީ ވެސް އެމްޑީޕީ ކަމަށެވެ.
"ލާމަރުކަޒީ ގޮތުން މި ކުރާ ތަރައްގީގެ ވިސްނުމަކީ އެހެން ބަޔަކަށް އެނގޭނެ ކަމެއް ނޫން. އެމްޑީޕީ ނޫން ބަޔަކަށް މި ވިސްނުން ވެސް ގެންގުޅެވޭނެ ކަމަށް ހީނުކުރާތި. މިކަންކަން ނޭނގޭ ބަޔަކަށް މިކަންކަން ކުރާން ރައްޔިތުން ހަވާލުކޮށްފި ނަމަ އެދެވެނީ ވަރަށް ބޮޑު ގެއްލުމެއް." އެމްޑީޕީގެ ރައީސް، ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކައުންސިލުތަކަށް ބޮޑު ބަޖެޓެއް ލިބޭ އިރު، އެ ބަޖެޓު ހަރަދުކުރަންވީ ވަކިވަކި މީހުންނަށް ނޫން ކަމަށާއި އަމާޒުކުރާންވީ ބަޖެޓުގައި އެ ރަށަކަށް އަމާޒުކޮށް ހުރި ވަކިވަކި ކަންކަމަށް ކަމަށާއި ކުރިޔަށް ގެންދާންވީ އެ ވިސްނުމުގެ ތެރޭން ހިންގޭ ޕްރޮގްރާމްތަކަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މި ބޮޑު ބަޖެޓާއެކު ނާކާމިޔާބުވެއްޖެ ނަމަ، އެއީ އެންމެ ބޮޑު ނާކާމިޔާބު ކަމަށާއި އެހެން ކަމުން މިކަން ކުރާން އެމްޑީޕީ ނޫން ބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ