ޝިމާ ދަތުރު ކުރި ޑިންގީ ކަމަށް ބުނާ ޑިންގީ ފެނުނު ކަމަށް ރިޕޯޓްކުރި ހިސާބުން ޑިންގީއެއް ނުފެނުނު

2019 ވަނަ އަހަރުގެ ތެރޭގައި ޑިންގީ އެއް ބަންޑުން ޖަހާލައިގެން ގެއްލުނު ޝިމާ ދަތުރު ކުރި ޑިންގީ ކަމަށް ބުނާ ޑިންގީ ފެނިގެން ރިޕޯޓުކުރި ހިސާބުން ޑިންގީ ނުފެންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ފޮނަދޫ ކައިރިން ބޭރުން، ފަރަކަށް ފީނަން ގޮސް އުޅުނު ބަޔަކަށް ޑިންގީ ފެނުމާއެކު ކަނޑު އަޑިން ޑިންގީ ފެނިގެން ރިޕޯޓުކުރުމާއެކު އިއްޔެއިން ފެށިގެން ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުންގެ ސާޗު އޮޕަރޭޝަނުގައި ޑައިވަރުންނަށް ޑިންގީ ފެނިފައި ނުވިނަމަވެސް ރޮބޮޓްގެ އެހީގައި އެއްޗެއްގެ މޫވްމަންޓެއް ފެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެހެންވެ މިއަދުވެސް ޑައިވަރުން އަންނަނީ ޑައިވް ކުރަމުންނެވެ.
މީގެ އަހަރެއް ކުރިން މި ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު އިރު މި ޑިންގީގައި ދަތުރު ކުރަމުން ދިޔައީ ދެ މީހުންނެވެ. އެ ޑިންގީ ބަންޑުން ޖަހައިލީ މާމެންދޫއަށް ދަތުރު ކުރާ ރޫޓުގައި އޮންނަ މީގެ ކުރިން މީހުން ދިރިއުޅެފައިވާ ،ގާދޫ އާއި އެ ސަރަހައްދުގައި އޮންނަ ސިކްސް ސެންސް ލާމު ކައިރި އަށެވެ.
މިހާދިސާގައި އޭރު އުމުރުން 19 އަހަރުގެ ޝިމާ ގެއްލިފައިވާއިރު އެކުގައި ދަތުރު ކުރި އިބްރާހިމް ފަޒީލް، 24 ސަލާމަތް ވެފައިވަނީ ފަތާފައި ކައިރީގައި އޮތް ސިކްސް ސެންސް ރިސޯޓަށް އެރުމުންނެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ކުރި ތަހުގީގުގައި ފުލުހުން ބުނެފައިވަނީ ޝިމާ ގެއްލިފައިވަނީ ވަކި މީހަކު ހިންގި އަމަލަކުން ކަން ބުނަން ދަތި ކަމަށާއި ޝިމާ އިތުރު ތާކަށް ގެންގޮސް ނޭއްގާނީ އަމަލެއް ހިންގާފައިވާކަމަށް ތަހުގީގުން ފެންނަން ނެތް ކަމަށެވެ.
ޝިމާ ހޯދުމަށް ފުލުހުން އެތައް ބަޔަކާ ސުވާލުކޮށް މައްސަލަ ތަހުގީގު ކޮށްފައިވެއެވެ. އަދި 10 މޭލު ވައިގެ މަގުން ބަލައި 5 ޑައިވް ކުރިއެވެ. އެގޮތުން 1900 އަކަ ކިލޯމީޓަރު ބެލިކަމަށް ވެއެވެ. އަދި 17 ރަށް ބަލައި ޗެކު ކުރި ކަމަށާއި 9 ސީސީޓީވީ ފޫޓޭޖް ބެލި ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ