ނަމާދުގެ ރަކުއަތް މަދުކުރުމާއި ބެހޭގޮތުން ޓުވީޓެއް ނުކުރަން: ނަޝީދު

ވަގުތު ސަމާލަތް ކުރުމުގެ ގޮތުން ނަމާދު ކުރާއިރު ރަކުއަތްތައް މަދުކޮށްލުމުން ސަރުކާރުގެ ގަވައިދުތަކާއި އެއްގޮތަށް ނަމާދު ކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ކަމަށް ބުނާ ވާހަކަ އެމަނިކުފާނު ދޮގުކުރައްވައިފި އެވެ.
އިއްޔެ ހަވީރު އެމަނިކުފާނު ކުރެއްވި ޓުވީޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވެފައިވަނީ އެ ޓުވީޓުގެ ސްކްރީން ޝޮޓުތަކެކެވެ. އެއްވެސް މީހަަކަށް ރައީސް ނަޝީދު ކުރައްވާފައިވާ އޭގެ އަސްލު ޓުވީޓު ފެނިފައެއް ނުވެ އެވެ.
އެ ސްކްރީން ޝޮޓުގައި ރައީސް ނަޝީދު ވިދާޅުވިކަމަށް ބުނެފައިވަނީ ބައެއް ނަމާދުތަކުގައި ރަކުއަތްތައް މަދުކޮށްލުމުން ސަރުކާރުގެ ގަވައިދުގެ ތެރެއިން ނަމާދު ކުރެވިދާނެ ކަމަށެވެ. އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުވާނެހެން ކުރުން މުހިންމު ކަމަށް އޭގައި ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ނަޝީދުގެ ރަސްމީ ޓުވިޓާ އެކައުންޓުފައި ބުނެފައިވަނީ އެއީ އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއް ނޫންކަމަށެވެ. އަދި އެކަން ބެލުމަށް ކަމާއި ބެހޭ ފަރާތްތަކަށް މިއަދު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
Mi ee alhugandu koffava tweet eh noon. Mikan belumah kamaibehey faraiythakah miadhu husha alhaanan. pic.twitter.com/79HODBYVel
— Mohamed Nasheed (@MohamedNasheed) July 2, 2020
 
ރައީސް ނަޝީދު ކީރިތި ރަސޫލާ (ސއވ) އަށް ފުރައްސާރަކުރެއްވި ކަމަށްބުނެ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި މީހަކު ދެއްކި ކަމަށް ބުނާ ވާހަކައެއްވެސް ތަހުގީގު ކުރުމަށް ނަޝީދުގެ ފަރާތްޕުޅުން ފުލުހުންނަށް މަޖިލީސް މެދުވެރިކޮށް ހުށަހެޅުއްވި އެވެ،
އެކަމަކު ފަހުން ވަނީ އެ މައްސަލަ ތަހުގީގު ނުކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ