ދޮންދީނި ހިމާޔަތްކުރަން އައްޑޫން ކާޅު މެރުމުގެ ލަފަޔަކަށް އެދެފި

އައްޑޫގައި ކާޅު ގިނަވެ، ދޮންދީނިގެ އާބާދީ އަށް ނުރައްކާވެފައި ވާތީ ކާޅުތައް ނައްތައިލުމާ ގުޅޭ ގޮތުން ކައުންސިލުން އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފައަކަށް އެދިއްޖެ އެވެ.
ކައުންސިލްގެ ފޭސްބުކްގައި މިއަދު ލިޔެފައިވާ ގޮތުގައި ކާޅު އިތުރުވަމުންދާތީ އައްޑޫން ދޮންދީނި ނެތިހިނގައިދާނެ ކަމުގެ ބީރު ވަނީ ހީވެފަ އެވެ.
"[އެހެންވެ] އައްޑު އަށް ދޫކޮށްލާފައިވާ ކާޅުތައް ނައްތައިލުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާ މެދި ކައުންސިލުން ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފައަކަށް އެދިފައި،" ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ކާޅުތައް ނައްތާލުމުގެ ހުއްދަ އަށް އެދި އެޗްޕީއޭ އާއި އެގްރިކަލްޗަ މިނިސްޓްރީގައި ވެސް ދަންނަވާފައި،" ރާއްޖޭގައި އައްޑު އަށް ހާއްސަ ދޫންޏެއްގެ ގޮތުގައި މަޝްހޫރު ދޮންދީނިތައް ހިމާޔަތްކުރުމާ ބެހޭ ގޮތުން ބުނެފައިވެ އެވެ.
Kon baehkan neyngey bayaku, Addu City ge avahthakah kaalhuthakeh dhookurumuge sababun Addu ge eki avahthakugai mi...Posted by Addu City Council on Thursday, October 1, 2020
ކައުންސިލުން ތުހުމަތުކުރާ ގޮތުގައި އައްޑޫގައި ކާޅު އިތުރުވަމުން ދަނީ ބަޔަކު ގަސްތުގައި އައްޑު އަށް ކާޅު ގެނެސް ދޫކޮށްލާފައިވާތީ އެވެ. އައްޑު އަކީ އެއް އިރެއްގައި ވެސް ކާޅު ދިރިއުޅޭ ތަނެއް ނޫނެވެ. އެކަމަކު ދޭތެރެ ދޭތެރެ އިން އައްޑޫން ކާޅު ފެންނާތީ އެކަމާ ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުންތައް އުފެދެ އެވެ.
"އައްޑޫގެ އަވަށްތަކަށް ކާޅުތައް ދޫކުރުމުގެ ސަބަބުން ކާޅުތަކުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާތައް ކައުންސިލަށް ވަނީ ލިބިފައި،" ކައުންސިލުން ބުންޏެވެ. "އަދި ދޮންދީނިތައް މަރައި ޅަ ދޫނިތަކާ އެކު ކައި ހުސްކުރަމުންދާކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައި."
ކާޅުތަކުގެ ސަބަބުން އައްޑޫގެ ދޮންދީނީގެ އާބާދީ އަށް ނުރައްކާވެފައި މި ވަނީ އެ ދޫނީގެ އާބާދީ ބެލުމަށް މިދިޔަ މަހުގެ 15-30 އަށް އައްޑޫގައި ސާވޭއެއް ވެސް ކޮށްފައި ވަނިކޮށެވެ. ދޮންދީނި އަކީ އައްޑޫ ފަހުރެއްގެ ގޮތުގައި ދެކޭ އެ ސިޓީ ރަމްޒުކޮށްދޭ ދޫންޏެކެވެ.
Dhondheenige aabaadhee balan Addu gai survey eh
Mihaaru
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ