އިންޑިއާގެ ހިޔާލު އަބަދުވެސް ބިނާވަނީ މިނިވަންކަމާއި ޑިމޮކްރެސީގެ މައްޗަށް: ރައީސް ނަޝީދު

އިންޑިއާގެ ހިޔާލު އަބަދުވެސް ބިނާވަނީ މިނިވަންކަމާއި ޑިމޮކްރެސީގެ މައްޗަށް ކަމަށާއި، މިއަދަކީ އިންޑިއާގެ ރައްޔިތުން އެ ހިޔާލު ހަގީގަތަކަށް ހެދި ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 74 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައްދުކުރައްވަމުން ކުރި ޓްވީޓެއްގައި ރައީސް ނަޝީދު ވަނީ މި ދުވަހުގެ ހެޔޮ އެދުންތައް އެ ގައުމުގެ ރައްޔިތުންނަށާއި، ރައީސް ރާމް ނާތް ކޯވިންދް އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައްދުކޮށްފައެވެ.
ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ސަރުކާރާއި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެކިއެކި ފަރާތްތަކުން ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމަށް ރައްދުކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ދަށުން ދެ ގައުމުގެ ގުޅުން ރަނގަޅުވެފައިވާއިރު، އިންޑިއާއިން އަންނަނީ ރާއްޖެއަށް ގިނަ ދާއިރާތަކުން އެހީ ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ